ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވައިފި އެވެ.

އިންކުއަރީ ކޮމިޝަން ހުންނަ މުލީއާގެ އަށް މިއަދު ހެނދުނު ވަޑައިގައިތުމަށް ފަހު ނޫސްވެރިނަަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންކުރީ ކޮމިޝަނަށް ދެއްވަން ޖެހޭ މައުލޫމާތުތައް ދެއްވައި އަދި ނުނިމެނޭ ކަމަށާއި މިއަދު މެންދުރު ފަހު 1:30ގައި ވެސް އެކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވާނެ ކަމަށެވެ.

ނަޝީދު ކުރިން އުޅުއްވި މުލިއާގެ އަށް ވަޑައިގަތުމަށް ފަހު އިންކުއަރީ ކޮމިޝަނަށް ދެއްވީ ކޮން މައުލޫމާތެއް ކަމެއް އެ މަނިކުފާން ވިދާޅެއް ނުވި އެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ކަން ހިނގައި ދިޔަ ގޮތުގެ ތަފުސީލު ދެއްވި ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ވެރިކަން ބަދަލުކުރެއްވުމަށް "ހިންގި ބަޣާވާތުގެ އަޑީގައި ތިއްބެވިބޭފުޅުން" ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ބޭންކް ސްޓޭޓް މެންޓްތަކާއި އެ ބޭފުޅުން ކުރައްވާފައިވާ ފޯން ކޯލްތަކުގެ ރިކޯޑިން ބެއްލެލެވުމަށް އެކޮމިޝަނުގައި އެމަކުފާނު އެދިވަޑައިގެންވި ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށް އެކޮމިޝަނުން ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބޭފުޅަކު މައުލޫމާތު ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑެއް މިކަމާ (އިންކުއަރީ ކޮމިޝަނަށް މައުލޫމާތު ދެއްވަންވީ ގޮތަކާ) ބެހޭ ގޮތުން އެއްވެސް ފުލުހުހަކާ އެއްވެސް ދުވަހަކު ވެސް ވާހަކައެއް ނުދައްކަން. އަޅުގަނޑު ކައިރީގައި ތިބޭ ސިފައިން ކައިރީ ވެސް ދުވަހުކު ވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އިންކުއަރީ ކޮމިޝަނަށް މިއަދު ނަޝީދު މައުލޫމާތު ދެއްވަމުން ގެންދަވާ އިރު މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމްޑީޕީގެ ޗެއާޕާސަން މޫސަ މަނިކު ވެސް ވަނީ އިންކުއަރީ ކޮމިޝަނަށް ވަޑައިގެން ވަނީ އެ ބޭފުޅުންގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.