ވޭތުވެ ދިޔަ ތިން އަހަރެއްގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައީ ދައުލަތުގެ ބަޖެޓުން ހަރަދުކުރުން ދަތިވުމުގެ ސަބަބުންނެވެ. މިސްކިތްތަކުގެ އާބާތުރަ ނުފިލުވި ދިއުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ މިސްކިތް ވަނީ މަރާމާތަށް ބޭނުންވެފަ އެވެ. މިފަދަ ހާލަތެއްގައި މިސްކިތްތައް ހުރި އިރު މިސް ކިތްތަކަށް އެހީތެރިވާން ހުޅުވި ފަނޑަށް ރާއްޖޭގެ ވަރަށް ގިނަ އަދެއްގެ ބަޔަކުވަނީ އެހީ ދީފައެވެ. އެ އެހީގައި ގިނަ އަދެއްގެ ފައިސާ ލިބި، މިއަހަރުގެ ރޯދަމަސް އަންނައިރު އެފަދަ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވަނީ ފެށި އެވެ.

ގިނަ މިސްކިތްތަކުގެ ހާލަތަށް ބަލާއިރު ބައެއް މިސްކތްތަކުގައި ބަންގިގޮވަން ބޭނުންކުރާ ސައުންޑު ސިސްޓަމްތައް ހަލާކުވުމާއި ފުރާޅުން ވާރޭ ވެހުމައި މިސްކިތުގެ ފަހާނާ އާއި ވުލޫ ކުރާ އިސްކުރު ބަރި ހަލާކުވުމާއި މިސްކިތުގައި ބާއްވާ ފައިފުހި ނެތުމުގެ އިތުރުން ބައެއް މިސްކިތަކުގައި ހޮޅިބުރިތަކާއި ފަންކާ ފަދަ ތަކެތި ހަލާކުވެފައި ވެއެވެ. ވިއްސާރަ ނަމަ ބައެއް މިސކިތްތަކުގައި ނަމާދުނ ުކުރެވޭ ވަރަށް މިސްކިތް ތަކުގައި ފެންބޮޑުވުމަކީ ވެސް އޮތް މައްސަލައެކެވެ.

ރާއްޖޭގައި މިސްކިތްތައް މަރާމާތު ކުރުމަށާއި އަދި ބިނާކުރަން ފައިސާ ނުލިބުމުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން އެކި އަތޮޅުތަކުގެ އެކިއެކި މިސްކިތްތަށް ބަންދުކޮށް ބައެއް ރަށްރަށުގެ އަންހެނުންގެ ނަމާދުގޭގައި ފިރިހެނުން ނަމަދުކުރަމުން ވަނީ ގޮސްފަ އެވެ. ބައެއް ރަށްރަށުގައި ގަބުރު ފެނިގެން މިހާރު ވެސް 47 ރަށެއްގެ އެތައް މިސްކިތެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅިފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް މިސްކިތްތަކުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައިވާ އިރު، އެފަދަ ރަށްރަށުގައި މިހާރު ނަމާދުކުރަނީ އަންހެނުންގެ މިސްކިތުގައި ނުވަތަ ދެން ވެސް ހުންނަ މިސްކިތެއްގައި ވަގުތީ ފެންޑާއެއް ފަދަ ހަދައިގެނެވެ.

މިސްކިތްތަކަށް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ ދެ މައްސަލައެކެވެ. އެއީ ރަށްރަށުގެ އާބާދީ އިތުރުވަމުން އައި ނިސްބަތުން އެ ރަށްރަށުގެ މިސްކިތްތައް ތަނަވަސްކުރެވިފައި ނެތުމެވެ. އަނެއް މައްސަލަ އަކީ ބައެއް މިސްކިތްތަކުގެ ދަށުގައި ގަބުރު ހުރުމެވެ. އެފަދަ މިސްކިތްތަށް ބިނާކުރުމުގައި ރައްޔިތުންގެ އެހީއަށް ވެސް އިސްލާމިކު މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މާލޭގެ އެއް މިސްކިތެއް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިއަކު ބިނާކޮށްދެއްވުމަށް ވަނީ ނިންމާފައެވެ. މިސްކިތްތައް މަރާމާތުކުރަން އެކަނި ވެސް އެތައް މިލިއަން ރުފިޔާއެއް ބޭނުންވެ އެވެ.

މިހާރުން މިހާރަށް ވެސް 31 ރަށެއްގެ މިސްކިތަށް އެހީ ބޭނުންވެގެން އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށަށް އެހީ ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި މިސްކިތަތަކުގެ މަރާމާތަށް ބޭނުންވަ ފައިސާ ހޯދަން އެދޭ އިރު މާލިއްޔަތުގާނޫނާއި އެއްގޮތަށް އެކަން ކުރުމަށް މިނސްޓްރީންވަނީ ކައުންސިލްތަކަށް އަންގަ އެވެ.

މިނސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވި ގޮތުގައި ރާއްޖެގެ މިސްކިތްތައް ހުރީ އެހީތެރި ކަމަށް ވަރަށް ބޮޑަށް ބޭނުން ވެފަ އެވެ. މިސްކިތު ފަންޑުން ލިބުނު 10 މިލިއަން ރުފިޔާއިން ރަށްރަށުގެ މިސްކިތްތައް އާބާތުރަ ފިލުވައި އެމިސްކިތަތަކަށް ބެނުންވާ ބައެއް ސާމާނު ގަތުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި މިސްކިތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ވަރަށް މުހިންމު އިސްކަމެއްދީ ރޯދަމަސް އައުމުގެ ކުރިން އެކަންކަން ނިންމާލެވޭ ތޯ މިހާރުއްސުރެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"ވަރަށް ބޮޑެތި މަރާމާތުތަށް ކުރަން ޖެހިފައި ހުރި މިސްކަތްތައް އެބަހުރި އެކަން އެގެނީ އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ ޕްރޮޕޯސަލް ތަކަށް ބެލީމަ ރަށްރަށުން ޕްރޮޕޯސަލް ތައް އެބަހުރި ހުށައަޅަފާއި ދެލައްކަ ތިންލައްކަ ރުފިޔާ ގެ އެހީހޯދުމަށް ގިނަ ޕްރޮޕޯސަލް ތައް ހުރީ ލައްކަ އަކަށް ވުރެ މަތީގައި" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަނަވަސް ބޭފުޅުންގެ އެހީ އާއި މީޑިޔާގެ ޒަރީއާއިން ކުރި ކެމްޕެއިނުގެ ސަބަބުން ހިތްހަމަ ޖެހޭ އަދަދެއްގެ ފައިސާ ލިބިފައިހުރުމުން އެފައިސާއިން ރާއްޖޭގެ ވަރަށް ގިނަ އަދެއްގެ މިސްކިތްތަކުގެ މަރާމާތުކޮށް ކުލައާއި ދަވާދު އާކޮށް ފުރިހަމަ ކުރެވޭނެ އެވެ.

ހަމައެކަނި އައްޑު އަތޮޅުގެ ރަށްތަކުގެ މިސްކިތްތަކުގެ މަރާމާތަށް ވެސް މިލިއަނަކަށްވުރެ ގިނަ ފައިސާ ހަރަދުކުރަން ޖޭހޭ ކަމަށާއި އެ ފައިސާ ވަރަށް އަވަހަށް ހަވާލުކޮށް މަސައްކަތްތައް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.