00:30


18 އަހަރުގެ ޒުވާނެއްގެ ގަޔަށް މިރޭ ވެސް ވަޅި ހަރައިފި އެވެ. ބުރުޒުމަގުގައި މިރޭ 23:45 ހާއިރު ހިންގި މި ވަޅިއެޅުމުގެ ހާދިސާގައި އެ ޒުވާނާގެ ބުރަކަށިން ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ދެންމެ ބުންޏެވެ.


ވަޅީގެ ހަމަލާއެއް މިރޭ ޒުވާނަކަށް މި އަމާޒުވީ ރޭ ވެސް ޒުވާން ކުއްޖެއްގެ ގަޔަށް ވަޅިން ހަމަލާ ދިންތާ 24 ގަޑި އިރު ވެސް ނުވަނީ ހެވެ. އެ ހާދިސާއާ ގުޅިގެން މީހަކު ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިރޭގެ ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުންނެއް ނުބުނެ އެވެ.


މިރޭ ޒަހަމުވި ޒުވާނާ އަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.