03 Jul 2012, 17:37
ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއްހުރި ފުޅިތަކަކާއި ރާ ކައްކަން ބޭނުންކުރާ އާލާތްތަކަކާއެކު ކުޑަ ކުއްޖަކާއި އިތުރު މީހަކު ސ. ހުޅުމީދޫން ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ މީހުން ހައްޔަރު ކުރީ އެރަށު ގެއަކުން މިދިޔަ މަހުގެ 29 ދުވަހު ޕްރެޝާ ކުކަރަކާއި ތެޔޮ އުނދުނެއް ގެއްލިގެން ހުޅުމީދޫގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަންގައި ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއްހުރި ފުޅިތައް ފެނިފައި ވަނީ 19 އަހަރުގެ މީހާ އަތުންނެވެ. ރާ ކައްކަން ބޭނުންކުރާ ސާމާނުތައް ފެނުނީ މީދޫ ކުޅި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ.