Last Updated: 1 decade 3 year ago
ނަޖީބު 65،ގެ މަރާ ގުޅިގެން ދެން ދައުވާ ކޮށްފައި ވަނީ މ. މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށެވެ. ދެމީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
ނަޖީބުގެ މަރާ ގުޅިގެން ހަނާ އާއި މުއްރަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ ހަނާ އާއި މުއްރަތުގެ ދައުވަތަކަށް މ. މަސްރޫރާގެއަށް ނަޖީބު ގެންގޮސް، އެގޭގައި އެ ދެމީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތީ ވަށައި ޖެހޭގޮތަށް ޓޭޕްއެޅުމަށްފަހު ޖުލައި 1، 2012 ވަނަ ދުވަހުގެ ވަގުތެއްގައި ނަޖީބު އަޑުގަދަ ކުރައްވަން މަސައްކަތްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން މުއްރަތު ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ، ޓީޝާޓާއި އިސްޓާކީން އޮޅައި ނަޖީބު މަރާލާފައިވާތީ ކަމަށެވެ. ދައުވާކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގަ އެވެ.
މައްސަލާގައި ތަހުގީގު ނިންމުމަށްފަހު މިއަދު ކްރިމިނަލް ކޯޓްގައި ޝަރީއަތް ފަށައި ހަނާގެ ބައި ކުރިޔަށް ގެންދިމުން ޒުވާން އަންހެންކުއްޖާ ވަނީ ނަޖީބު މަރާލުމުގައި އޭނާ ބައިވެރިވި ކަމަށް އިޢުތިރާފްވެފަ އެވެ. ނަޖީބު އަވަހާރަކޮށްލި ހާދިސާ ޝަރީއަތަށް ކިޔާދެމުން ހަނާ ބުނީ މަސްރޫރާ ގެއަށް ނަޖީބު ވަޑައިގެންނެވީ ޝަރީއަތަށް ހުށަހަޅަން ބޭނުންވާ މައްސަލައަކާ ގުޅިގެން އެކަމާ މަޝްވަރާކޮށްލުމަށް އޭނާ ނަޖީބަށް ދިން ދައުވަތަކަށް ކަމަށެވެ. އެގޮތުން ހަނާގެ އެ ދައުވަތު ގަބޫލްކުރައްވައި ނަޖީބު އެގެއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ކަމަށެވެ.
ހަނާ ބުނި ގޮތުގައި ނަޖީބު ވަޑައިގެންނެވީ އާއިލީ މައްސަލައަކާ ގުޅިގެން މަޝްވަރާކުރެއްވުމަށް ކަމަށް ވިޔަސް އޭނޭގެ ލޯބިވެރިޔާ އަހުމަދު މުއްރަތު، 29، އާ ބައިވެރިވެގެން ނަޖީބު އަވަހާރަކޮށްލީ، ނަޖީބު އޭނާ "ބެހެން"އުޅުއްވިކަން ހަނާއަށް ޔަގީން ކުރެވި، އެ ވާހަކަތައް އޭނާގެ ލޯބިވެރިޔާއަށް ކިޔާދިނުމުން ކަމަށެވެ. އަދި އެއީ ލޯޔަރަކަށްވުމުން ނަޖީބުގެ އަތްޕުޅުގައި ވަރަށް ގިނަ ފައިސާ ހުންނާނެ ކަމަށް ވެސް ބަލައިގެން ކަމަށެވެ.
ހަނާ ބުނީ އެވަގުތު މުއްރަތު ގޭގައި އުޅޭ ކަމަށާއި ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން ނަޖީބުގެ އަނގަމަތީގައި ޓީޝާޓެއް އައްސައި ގޮނޑިއަކަށް ލައި ދެއަތާއި ދެފައި ބަނދެ ހެދުމުގައި މުއްރަތާ އެކު އޭނާ ބައިވެރިވި ކަމަށެވެ. އަދި ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން އޭނާގެ ކޭސްކާޑު އަތުލުމަށްފަހު އެ ކޭސްކާޑުގެ ޕިން ނަމްބަރުވެސް ނަގާފައިވާ ކަމަށެވެ. އެކާޑް ބޭނުންކޮށްގެން ފައިސާ ނެގިކަން ނުވަތަ ނޫން ކަން ވެސް ހަނާ ބުނެފައެއް ނުވެއެވެ.
ނަޖީބު އަވަހާރަކޮށްލީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ގާތްގަނޑަކަށް 3:00 އާއި 4:00 ދޭތެރޭގެ ވަގުތެއްގައި ކަމަށާއި މުއްރަތު ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލި އިރު އޭނާ އޮތީ ރާ ބޮއި މަސްތުގެ ހާލަތުގައި ކަމަށާއި އަދި ނަޖީބު އަވަހާރަކޮށްލިކަން އޭނާއަށް އެނގުނީ މުއްރަތު އައިސް ބުނުމުން ކަމަށެވެ.
ހަނާގެ މައްސަލާގެ ފުރަތަމަ އަޑު އެހުން މިހާރު ނިމިފައިވާއިރު މިމައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަހެއް ހޯދުމަށްފަހު ހުކުމް ކުރާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. މިމައްސަލާގައި ދައުވާ ލިބޭ މުއްރަތުގެ މައްސަލައިގެ ޝަރީއަތް ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ.
ނަޖީބުގެ މަރާ ގުޅިގެން މުއްރަތާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، އެިގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ ހަނާ އާއި މުއްރަތުގެ ދައުވަތަކަށް މ. މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި އެ ދެމީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭގޮތަށް ޓޭޕްއެޅި ކަމަށެވެ. އަދި ޖުލައި 1، 2012 ވަނަ ދުވަހުގެ ރޭ ވަގުތެއްގައި ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން މުއްރަތު ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ، ޓީޝާޓާއި އިސްޓާކީން އޮޅައި ނަޖީބު މަރާލާފައިވާ ކަމަށެވެ.
ދެމީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
ނަޖީބު އަވަހާރަކޮށްލާފައި އޮއްވާ އާދީއްތަ ދުވަހުގެ ރޭ ފެނުނުމަށް ފަހު މުއްރަތާއި ހާނާ ހައްޔަރުކޮށް އަވަސް ތަހުގީގެއް ހިންގައި އެދެމީހުންގެ މައްޗަށް ދައުވާ ކޮށް މިއަދު ހަވީރު ޝަރީއަތް ފެށުމުން އެ މަޖިލީހުގައި މުއްރަތު ބުނީ ނަޖީބު އަވަހާރަކޮށްލުމުގައި އޭނާގެ ލޯބިވެރިޔާ ހަނާ ބައިވެރިނުވާ ކަމަށެވެ. އޭނާ އެހެން ބުނި ނަމަވެސް ހަނާގެ މައްޗަށް ޝަރީއަތް ހިންގަން ބޭއްވި އަޑު އެހުމުގައި ޒުވާން އަންހެންކުއްޖާ ބުނެފައި ވަނީ ނަޖީބު އަވަހާރަކޮށްލުމުގައި އޭނާ މުއްރަތަށް އެހީވެދީފައިވާނެ ކަމަށެވެ.
މިއަދު ފުރަތަމަ ބާއްވާފައި ވަނީ ހަނާގެ މައްޗަށް ކުރާ ޝަރީއަތުގެ މަޖިލީހެެވެ. އެ މަޖިލީހުގައި ހަނާ ބުނީ އޭގެ ފަރާތުން ކޯޓުގައި ވާކާލާތު ކުރައްވާނެ ގާނޫނީ ވަކީލެއް ބޭނުން ނުވާ ކަމަށާއި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި އޭނާ ވަނީ މުއްރަތު، ނަޖީބު މަރާލިގޮތާއި އެކަމުގައި އޭނާ މުއްރަތަށް އެހީވެދިން ގޮތް ކިޔައިދީފަ އެވެ.
މުއްރަތުގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއަށް ޝަރީއަތް މިއަދު ފެށުމާއެކު އޭނާ ވެސް ވަނީ ނަޖީބު އަވަހާރަކޮށްލި ކަމަށާއި އެކަން ކުރީ އޭނާ ކަމަށް ގާޒީ ކުރިމަތީގައި އިއުތިރާފުވެފަ އެވެ.
މުއްރަތު ބުނީ އޭނާ ދިރިއުޅޭ މަސްރޫރާއަށް ވަޑައިގަތުމަށް ނަޖީބަށް ދައުވަތު ދިނުމުން މިދިއަ ހޮނިހިރު ދުވަހުގެ ރޭ 8:30 އެހާކަންހާއިރު ނަޖީ އެގަށް ވަޑައިގެންނެވި ކަމަށާއި ނަޖީބަށް ދައުވަތެއް ދިނީ ކޯޓަށް ހުށަހަޅަން ގަސްދުކޮށްފައިވާ މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާކޮށްލުމަށް ކަމަށެވެ. އަދި އެދުވަހު ނަޖީބު އެ ގެއަށް ވަޑައިގަތުމުގެ ތިން ދުވަސް ކުރިން ވެސް ނަޖީބުގެ ނަންބަރު ހޯދައިގެން ގުޅި ކަމަށާއި އެދުވަހު އޭނާ "ކުލާހުގައި" އުޅުއްވާތީ ވަޑައި ނުގެންނެވުނު ކަމަށް ވިދާޅުވި ކަމަށެވެ. އޭގެ ކުރިން އެއްވެސް ގޮތަކަށް ނަޖީބު ނުދަންނަ ކަމަށް ވެސް މުއްރަތު ބުންޏެވެ.
އޭނާ ބުނީ ނަޖީބު އަވަހާރަކޮށްލަން ދުރާލައި "އެއްވެސް ރޭވުމެއް ރާވާފައި ނުވާނެ" ކަމަށެވެ. ނަމަވެސް އެގެއަށް ވަޑައިގެންނެވި ރޭ އޭނާ އަވަހާރަކޮށްލީ އެގެއަށް ވަޑައިގަތުމަށްފަހު އޭނާގެ ލޯބިވެރިޔާ، ހަނާއާ "އެހެން ކަހަލަ ގޮތަކަށް ގުޅުންތަކެއް" ބާއްވާ ކަމަށް ޝައްކު ކުރެވިގެން ހަނާއާ ސުވާލު ކުރުމުން ސަލާމް ކުރާ ގޮތަށް އަތުގައި ބާރަށް ހިފައި ދޫނުކުރެއްވި ވާހަކަ ލޯބިވެރިޔާ ބުނުމުން އެކަމާ ރުޅިއައިސްގެން ކަމަށެވެ. އަވަހާރަކޮށްލީ އެވަގުތު ބަދިގެޔަށް ގޮސް ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއެއް ހިފައިހެން އައިސް ނަޖީބަށް ބިރު ދެއްކުމަށް ފަހު ކަމަށް ވެސް ބުންޏެވެ.
"ވަޅި ހިފައިންގެން ގޮސް ބުނިން މިއީ ކޯންޗެއްކަން އެނގޭހޭ؟ ބުނީމަ ބުނި ތިއީ ވަޅިއެއް ނޫންހޭ! ދެން ސުވާލު ކުރިން ހަނާއާ ކަލޭ ބެހެން އުޅުނިންހޭ؟ ބުނީމަ އެއްޗެކޭ ނުބުނުމުން ގޮނޑިއެއްގައި ބަނީ. އަތާ ފައިގަ އާއި އަނގަޔާއި މޫނު މަތީގައި ވެސް ބާރަށް ޓޭޕް އެޅިން. ދެން ފަތިހު ނިދާފައި އޮއްވާ އޭނާ ހަޅޭ ލަވާތީ އައި ރުޅީގައި އައިގޮތަށް އައިސް ވަޅި ނަގާ ކަރަށް ޖެހީ. ދެން ލޭ ފެނުމުން އެނގުނީ ކުރެވުނު ކަންތައް ވެސް،" ނަޖީބު އަވަހާރަކޮށްލި ގޮތުގެ ތަފުސީލެއް ޝަރީއަތުގައި މުއްރަތު ގާޒީއަށް ދިނެވެ.
މުއްރަތު ބުނީ އޭނާ އެކަން ކުރީ މަސްތުގެ ހާލާތުގައި ކަމަށާއި މަސްތުވީ ވެސް އަމިއްލައަށް ކަމަށާއި އެއްވެސް މީހެއްގެ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އަދި ނަޖީބުގެ ކަރަށް ވަޅި ޖެހި ހިސާބުން ލޭ ފައިބާތަން ފެނުމުން ފަހުން ދެރަވި ކަމަށާއި ލޭ މަނާ ކުރުމަށް ޓީޝާޓަކައި ސްޓާކީނެއް ވެސް ކަރުގައި އެއްސި ކަމަށެވެ. ނަމަވެސް ލޭ މަނާ ނުވި ކަމަށެވެ.
އޭނާ އަދި ބުނީ އެދުވަހު މެންދުރު ވެސް އޭނާގެ ކަރުން ލޭ ފައިބަމުން ދިޔަ ކަމަށާއި އެންމެ ފަހުން ފިހާރަކަށް ގޮސް ޑަސްޕިނެއް ގަނެގެން އައިސް ޑަސްބިނުގެ ތެރެއަށް ހަށިގަނޑު ލީ ކަމަށެވެ.
ނަޖީބު މަރާލި ކަން ފުލުހުންނަށް ރިޕޯޓް ކުރީ ކާކުހޭ ގާޒީ ސުވާލު އެއްސެވުމުން ބުންޏެވެ: "ހީވަނީ އެކަން ކުރީ ހަނާހެން!"
މުއްރަތު ނަޖީބު އަވަހާރަކޮށްލި ހަމަލާ ދިން ގޮތް ޝަރީއަތަށް ކިޔައިދެމުން ހަނާ ވެސް ބުނީ މަސްރޫރާ ގެއަށް ނަޖީބު ވަޑައިގެންނެވީ ޝަރީއަތަށް ހުށަހަޅަން ބޭނުންވާ މައްސަލައަކާ ގުޅިގެން އެކަމާ މަޝްވަރާކޮށްލުމަށް ކަމަށެވެ. އެ ދައުވަތު ނަޖީބަށް ދިނީ އޭނާ ކަމަށެވެ. އެގޮތުން ނަޖީބު އެގެއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ 10:00 ޖެހި އިރު ކަމަށެވެ.
ހަނާ ބުނީ ގޮތުގައި ނަޖީބު ވަޑައިގެންނެވީ މައްސަލައަކާ ގުޅިގެން މަޝްވަރާކުރެއްވުމަށް ކަމަށް ވިޔަސް އޭނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތު، 29، އާ ބައިވެރިވެގެން ނަޖީބު އަވަހާރަކޮށްލީ، ނަޖީބު އޭނާ "ބެހެން އުޅުމުން" އެކަން ޔަގީން ކުރެވި، އެ ވާހަކަތައް އޭނާގެ ލޯބިވެރިޔާއަށް ކިޔާދިނުމުން ކަމަށެވެ. އަދި އެއީ ލޯޔަރަކަށްވުމުން ނަޖީބުގެ އަތްޕުޅުގައި ވަރަށް ގިނަ ފައިސާ ހުންނާނެ ކަމަށް ވެސް ބަލައިގެން ކަމަށެވެ.
ރަށުގައި ވަގުތީ ޓީޗަރަށް އުޅުމަށްފަހު މާލެ އައިސް އުޅޭ ކަމަށް ބުނާ ހަނާ ބުނީ އެވަގުތު މުއްރަތު ގޭގައި އުޅޭ ކަމަށާއި ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން ނަޖީބުގެ އަނގަމަތީގައި ޓީޝާޓެއް އައްސައި ގޮނޑިއަކަށް ލައި ދެއަތާއި ދެފައި ބަނދެ ހެދުމުގައި މުއްރަތާ އެކު އޭނާ ބައިވެރިވި ކަމަށެވެ.
އަދި ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން އޭނާގެ ކޭސްކާޑު އަތުލުމަށްފަހު އެ ކޭސްކާޑުގެ ޕިން ނަމްބަރުވެސް ނަގާފައިވާ ކަމަށެވެ. އެކާޑް ބޭނުންކޮށްގެން ފައިސާ ނެގިކަން ނުވަތަ ނޫން ކަން ވެސް ހަނާ ބުނެފައެއް ނުވެއެވެ.
ނަޖީބު އަވަހާރަކޮށްލީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ގާތްގަނޑަކަށް 3:00 އާއި 4:00 ދޭތެރޭގެ ވަގުތެއްގައި ކަމަށާއި މުއްރަތު ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލި އިރު އޭނާ އޮތީ ރާ ބޮއި މަސްތުގެ ހާލަތުގައި ކަމަށާއި އަދި ނަޖީބު އަވަހާރަކޮށްލިކަން އޭނާއަށް އެނގުނީ މުއްރަތު އައިސް ބުނުމުން ކަމަށެވެ.