03 Jul 2012, 16:07
ނ. އަތޮޅު ވެލިދޫން ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް އެ ޕާޓީއާއި މިއަދު ހަވާލުހަވާލުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފޯމް ތަކާއި ހަވާލުވެލެއްވީ ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. ފޯމުތައް ހަވާލުކޮށްދެއްވީ އެ ރަށުގެ އޮންނަ ޕީޕީއެމްގެ އަސުރުމާ ގޮފީގެ ރައީސް އިބުރާހިމް ގާސިމެވެ. ރަސްމިއްޔާތުގައި ޕީޕީއެމްގެ ވެލިދޫ ގޮފީގެ ރަޖިސްޓްރީ ރައީސްމައުމޫނު ވަނީ އެ ގޮފީގެ ރައީސާއި ހަވާލް ކޮށްދެއްވާފަ އެވެ.
މައުމޫނު ވިދާޅުވީ މިހާތަނަށް ވެލިދޫ އަކީ ނ. އަތޮޅުގައި ޕީޕީއެމްގެ މެންބަރުން ދެވަނައަށް އެންމެ ގިނަ ރަށް ކަމަށާއި މިއަދު ހަވާލުކޮށްދެއްވި ފޯމުތަކުގެ ސަބަބުން ނ. އަތޮޅުގައި އެންމެ މެންބަރުން ގިނައިން ތިބި ރަށްކަމުގައި ވެލިދޫ ވެގެންދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މަގުސަދަކީ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ. އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރަނގަޅު މުސަތަގުބަލެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ރާއްޖެއަށް އިތުރު ތަރައްގީ ހޯދައިދުނުމަށް މަސައްކަތް ކުރުން. ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނަށް ރައްކާތެރިވުމާއި ދީނާއި އަގީދާ ރަނގަޅު ކުރުމާއި މާތްވެގެންވާ އިސްލާމު ދީނުގެ ހަމަތަކުގެ މަތިން ކަންކަން ދިއުމަށް ބާރުއަޅައި މަސައްކަތްކުރުން،" މައުމޫނު ވިދާޅުވި އެވެ.
އަސުރުމާ ގޮފީގެ ނައިބު ރައީސް މުހައްމަދު މާލިކު ވިދާޅުވީ ޕީޕީއެމައި މިއަދު 100 ފޯމު ހަވާލު ކުރިނަމަވެސް ކުރިއަށް އޮތްތާގައި އެ ޕާޓީގެ މެންބަރުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތައް ޕީޕިއެމާއި ގުޅެމުން އަންނަ ކަމަށް މާލިކު ވިދާޅުވި އެވެ.