ކ. ގުރައިދޫ ކައުންސިލްގެ ރައީސް އަބުދުއް ލަތީފް އަހުމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީއާރްޕީގެ ޓިކެޓްގައި އެ ރަށު ކައުންސިލަށް ހޮވިވަޑައިގެންފައިވާ ލަތީފު މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިސްތިއުފާ ދެއްވި ސަބަބު ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

ގުރައިދޫ ކައުންސިލް މެންބަރު އަހުމަދު ޝަހުދީ ވިދާޅުވީ ލަތީފް ކައުންސިލް ރައީސް ކަމުން އިސްތިއުފާދިން ކަމުގެ ސިޓީ މިއަދު ލިބިފައިވާ ކަމަށެވެ. ގުރައިދޫ ކައުންސިލްގައި ތިއްބަވަނީ ޑީއާރްޕީގެ ފަސް މެންބަރުންނެވެ.