15:16


ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާ އަށް އެހީގެ ގޮތުގައި 460 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ އިން ބުނެފި އެވެ.    


 ފަނަރަ ސަތޭކައެއްހާ މީހުން މަރުވެ، ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ހާދިސާ ހާލުގައި ޖެހިފަ އެވެ. އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުވައިދިނުމަށް ތަފާތު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ވަނީ، ފެންބޮޑުވުމުގެ ސަބަބުން ސުންނާފަތިވެފައިވާ ޕާކިސްތާނުގެ ހިސާބުތައް އަލުން އާރާސްތުކުރުމަށްޓަކައި، ދެ ބިލިއަން ޑޮލަރުގެ ކުއްލި ލޯނެއް ސަރުކާރާށް ދިނުމަށް ނިންމާފަ އެވެ. އެމެރިކާއިން އިންސާނީ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ދޭން ހަމަޖައްސާފައިވާއިރު، އދ އިން ވަނީ 92 މިލިއަން ޑޮލަރު ދޭން ނިންމައިފައި އެވެ. މީގެ އިތުރުން ޕާކިސްތާނާ މެދު ޒަމާނުއްސުރެ ސިޔާސީ ނުތަނަވަސްކަން އޮންނަ އިންޑިއާއިން ހުށަހެޅި 5 މިލިއަން ޑޮލަރުގެ އެހީ ވެސް ޕާކިސްތާނު ސަރުކާރުން ވަނީ ގަބޫލުކޮށްފަ އެވެ.  


އެހެންނަމަވެސް، އަދިވެސް އިތުރު އެހީ އަށް އެދި ޕާކިސްތާނުން އަންނަނީ ގޮވަމުންނެވެ.