01 Nov 2024, 23:35
އީވް ކްލިނިކްގެ އާ ކްލިނިކެއް ކަމަށްވާ 'އީވް ކްލިނިކް ވެސްޓްޕާކް' މިރޭ ހުޅުވައިފިއެވެ.
އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ކްލިނިކް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މިނިސްޓަރު ނާޒިމް އީވް ކްލިނިކް ބައްލަވާ ލައްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ފާއިތުވި 10 އަހަރު ތެރޭ އީވް ކްލިނިކުން ދިވެހި ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކޮށްފައިވުމަކީ ރައްޔިތުން ދަންނަ ކަމެއް ކަމަށެވެ.
އަޅުގަނޑަށް ޔަގީން މިފަދަ ޚިދުމަތެއް ދެއްވާއިރު، އެންމެ އިސްކަން ދެއްވާނެ ކަމަކީ ރައްޔިތުންނަށް އޯގާތެރި، ކްލިނިކަލް ސައިޑުން ދެވެން އޮތް އެންމެ ފަރުވާތެރި، އެންމެ ރަނގަޅު ފަރުވާއެއް ދިނުން ކަން. އަޅުގަނޑަށް ޔަގީން އެކަން އެގޮތަށް ކަން ހިނގާނީ. އެހެން ނަމަވެސް، މިފަދަ ޒިންމާއަކާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން މިފަދަ މުނާސަބަތެއްގައި އެއީ އަޅުގަނޑުގެ އިލްތިމާސެއް ކަމުގައި ދަންނަވާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެންމިނިސްޓަރު ނާޒިމް

އީވް ކްލިނިކް ވެސްޓް ޕާކް ފާމަސީ ހުޅުވައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް
ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް އޯގާތެރި، ރަޙްމަތްތެރި ޚިދުމަތްތަކެއް ދޭން މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރު ނާޒިމް ވަނީ އީވް ކްލިނިކްގެ ޚިދުމަތްތައް ދޭ ބައިތައް ބައްލަވާލައްވާފައެވެ.