02 Jul 2012, 17:10
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބުގެ ޖަނާޒާގައި ވަރަށް ގިނަ އަދެއްގެ ބަޔަކު ބައިވެރި ވެއްޖެ އެވެ.
ނަޖީބުގެ ޖަނާޒާގެ ކަންކަން އާސަރާހައިގައި ކުރިއަށް ދިޔައިރު އެތަނަށް ވެސް ވަނީ ގިނަ އަދެއްގެ ބަޔަކު ހާޒިރުވެ، އޭނާ އަށް އެންމެ ފަހުގެ އިހުތިރާމު އަދާކޮށްފަ އެވެ. މަރުހޫމު ނަޖީބުގެ ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު މަސްދިދުލް ސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމް( އިސްލާމީ މަރުކަޒުގަ) އެވެ. ކަށުނަމާދުގައި ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ގާނޫނީ ވަކީލުންނާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ގިނަ އަދެއްގެ އާއްމުން ބައިވެރިވި އެވެ.
ނަޖީބު އަށް ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް އަވަހަރާކޮށްލާފައި ވަނިކޮށް ފެނިފައި ވަނީ މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑަސްބިނެއްގެއްގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުން ނެގުމަށް ފަހު ނަޖީބުގެ ހަށިގަނޑު ރޭ ބާއްވާފައި އޮތީ ގަލޮޅު ސަހަރާގައި ހުންނަ ފިނިކޮށާރުގަ އެވެ.
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބުގެ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލާފައި އޮތް މ. މަސްރޫރާ، އަހުމަދު މުއްރަތު 29، އާއި އޭނާއާ އެކު އެގޭގައި ދިރިއުޅެމުން އައި 18 އަހަރުގެ އަންހެންކުއްޖެކެވެ.
އެ ދެމީހުންގެ ތެރެއިން މުއްރަތަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިއުލާން ކުރި ދެވަނަ ފުރުސަތުގެ އަފޫއާންމުގައި މިނިވަންކޮށްފައި ހުރި މީހެކެވެ. އޭނާއަކި ބޮޑެތި ކުށްތައް ކުރުމުގެ ރިކޯޑްތައް އޮންނަ މީހެކެވެ. އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ދެވަނަ ފުރަސަތުގެ ޕްރޮގްރާމަށް ޝަރުތު ފުރިހަމަ ނުވަނީސް ދޫކޮށްލާފައިވާ 218 މީހުންނާ އެކު އެވެ.