02 Jul 2012, 09:44
މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުު ކަމަށެވެ.
މއ. ނޫމަސް ގެސްޓް ހައުސްގައި އެމީހާ އުޅުނު ކޮޓަރި ތެރެއިން ހައްޔަރުކުރި އިރު މަސްތުވާއެއްޗެއް އަޅަފައި ހުރިކަމަށް ބެލެވޭ ފިލްމް ހުސްކުރި ދަޅެއް ފުލުހުން ވަނީ ހޯދާފަ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.