01 Jul 2012, 18:50
ވަތަނިއްޔާ މަސް ރޭހުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
ވަތަނިއްޔާއިން ބުނީ މަސް ރޭހުގެ މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކުން ރޭހުގައި ބައިވެރިވާން ބޭނުންވާތީ އެ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
ޖުމްލަ 16 ޓީމަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މަސް ރޭހުގައި އެއްވަނަ ހޯދާ ޓީމަކަށް 50،000ރ. ދެ އެވެ. އަދި ކޮންމެ ހަފުތާއެއްގައި އެއްވަނައަށް ދާ ޓީމަކަށް 3000ރ. ދެ އެވެ. ރޭހުގައި އެންމެ ގިނައިން މަސްބާނާ ފަރާތަކަށް 5000ރ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000ރ ގެ އިނާމެއްދެ އެވެ.
ރޯދަމަހާ ގުޅުވައިގެން ވަތަނިއްޔާ އިން ބާއްވާ މަސް ރޭހަކީ ގިނަ ބައެއް ތަރުހީބު ލިބޭ މުބާރާތެކެވެ.