01 Jul 2012, 18:29
"އަރުތަ" އިގެ ނަމުގައި އެސްޓީއޯއިން ސުޕަމާކެޓް ގައިޑެއް ނެރެފި އެވެ. މިއަދު އެސްޓީއޯ ސުޕަމާކެޓްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ގައިޑް ނެރެދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް އެވެ.
އަރުތަ ގައިޑަކީ އެސްޓީއޯ ސުޕަމާކެޓުން ކަސްޓަމަރުނަށް ލިބޭ ހާއްސަ ޕެކޭޖްތަކާއި ގިނަ މުދަލުގެ އަގުތަކާއި މައުލޫމާތު އެއް ފޮތަކުން ކަސްޓަމަރުނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ނެރުނު ގައިޑެކެވެ. އެސްޓީއޯއިން ބުނީ އެ ޕެކޭޖްތަކުގެ ތެރޭގައި އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ބާވަތްތަކާއި އެހެން ފަރާތްތައް އެތެރެކުރާ ބާވަތްތަށް ވެސް ހިމެނޭ ކަމަށެވެ.
އެސްޓީއޯއިން އަލަށް ނެރުނު ގަައިޑާ ބެޙެ ގޮތުން އާޒިމް ވިދާޅުވީ އެ ގައިޑުގައި ހިމެނިފައިވާ ޕެކޭޖްތަކުގެ ތެރޭގައި ކެއިން ބުއިމަށާއި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ ގިނަ ވައްތަރުތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި ރޯދަ މަހު ވަކިވަކި އައިޓަމް ގަތުމުގެ ބަދަލުގައި އަރުތައިގައި ހިމެނޭ ޕެކެޖްތައް ގަތުމުން އަގުހެޔޮ ވާނެ ކަމަށެވެ.
"ކޮންމެ ޕެކޭޖެއްގައިވެސް ކޭންބުއިމުގެ ކަންކަމަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެކުލެވިގެންވާނެ، އެގޮތުން މިޕެކޭޖްތަށް ގަތުމުން ވަކި ވަކިން އެތަކެތި ގަތުމަށްވުރެ އަގު ހެޔޮވާނެ" އާޒިމް ވިދާޅުވި އެވެ.