19 Aug 2010, 19:37
00:00
ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭ ފަރާތަށް ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި އޮންނަ ދައްޕަރުގައި 50 ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާ ގޮތަށް ނިންމައިފި އެވެ.
ސަރުކާރުގެ ގެޒެޓްގައިވާ ގޮތުން މި މަހުގެ ތިން ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހަށް ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން މަޝްވަރާކުރުމަށް ފަހު ނިންމާފައި ވަނީ އެ އަތޮޅު ކެލާ، ބާރަށް، ހޯރަފުށި، އިހަވަންދޫ އަދި އުލިގަމުގައި 500 ހައުސިން ޔުނިޓް އެޅުމަށް ހުށަހަޅާފައިވާ ނޫމަޑި ރިސޯޓްސް ރެސިޑެންސަސް ޕްރައިވެޓަށް ދައްޕަރުގައި 50 ލަގްޒަރީވިލާ އަޅަން ދޫކުރާ ގޮތަށެވެ. އަދި މިހާތަނަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި އޮތް ބިމުގައި މީހުން ވަޒަންވެރިވެ ނޫޅޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް ގެޒެޓްގައި ބުނެފައިވެ އެވެ.