10:00


ގިނަ އަދަދެއްގެ ޑޮލަރުތަކެއް މައްޗަން ގޮޅީގައި ހުންނަ ގެއަކުން ފުލުހުން އަތުލައިގެންފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މއ. ފޯޗޫން، ނަމަކަށް ކިޔާ ގެއެއްގެ ތެރެއިން އިއްޔެ އިރުއޮއްސުނުއިރު އަތުލައިގެން، އެ ޑޮލަރުތަކުގެ މައްސަލައާ ގުޅިގެން އެގޭ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ އާ ބެހޭ ތަފްސީލެއް، އަދި އެގޭ ތެރެއިން ނެރެގެން ގެންގޮސްފައި ވަނީ ކިހާ ޑޮލަރެއް ކަމެއް ފުލުހުންގެ މީޑިޔާ ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅެއްނުވެ އެވެ.