ފ. ދަރަނބޫދު ކައުންސިލްގެ ރައީސް، މަހްމޫދު ރަޝީދު ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.

މަހްމޫދު އެޕާޓީއާށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

އަމިއްލަ ގޮތުން ދަރަނބޫދޫ ކައުންސިލަށް ހޮވި ވަޑައިގެންނެވި މަހުމޫދު ޕީޕީއެމްއަށް ސޮއި ކުރެއްވުމުން މިހާރު އެ ކައުންސިލްގައި ތިއްބަވާނީ ޑީއާރްޕީ ދެ މެންބަރުނާއި އެމްޑީޕީގެ ދެ މެންބަރަކާއި އަދި ޕީޕީއެމްގެ މެންބަރެކެވެ.

ޕީޕީއެމްއިން ރައީސް މައުމޫނު ވިދާޅުވެފައި ވަނީ މިއަހަރު ނިމޭ އިރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވެގެންދާނެ ކަމަށެވެ.