ހުޅުމާލެ ފެހިކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ކުލަޖެހެން ފަށައިފި ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެެވެ.

ފަޒުލް މިހެން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވަނީ ހުޅުމާލެ އިތުރަށް ފެހިކުރުމަށް މަގުތަކުގައި މާގަސް އިންދުމަށް ކުރާ މަސައްކަތުގައި "ކުލަ ފެންނަން ފަށައިފައި" ވާކަމަށެވެ.

އަދި އުންމީދަކީ މާގަސް އިތުރުކޮށް ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ވަނީ ދުވާރުތަކުގެ މަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ގޮނޑިފަދަ ތަކެތި ވެސް ނަގަން އަންގައިފައެވެ.

އަދި މަގުތަކުން ބާ ވެހިކަލް ނަގައި ވަނީ ސާފު ވެސް ކޮށްފައެވެ. މީގެ އިތުރުން މަގުތަކުގެ ރައުންޑްއެބައުޓްތަކުގައި މޮނިއުމަންޓު ބަހައްޓަން ވެސް ވަނީ ނިންމައިފައެވެ.