ސިފައިނަށް ހާއްސަކޮށްގެން ދީނީ ދަރުސެއް ރޭ ބާއްވައިފި އެވެ.

ކަޅުތުއްކޮލާކޮށީގައި ރޭ ސިފައިންނަށް ދީނީ ނަސޭހަތް ދެއްވީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރު އަދި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެންބަރު އައްޝައިހު އަބުދުލް އަޒީޒު ހުސެއިން ނެވެ.

އެމްއެންޑީއެފްއިން ބުނީ މި ދަރުސަކީ ސިފައިންގެ މުއައްސަސާގެ މެދުގައި ދީނީ ރޫހާއި ދީނީ އެއްބައިވަންތަކަން އާލާކުރުމަށާއި ރޯދަމަހު، ހެޔޮ އަމަލުތައް ކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ދަރުސެއް ކަމަށެވެ.

ރޯދަ މަހުގެ މާތްކަމާ ބެހޭގޮތުން ދަރުސްގައި އަލި އަޅުއްވާލައްވައި، ޝެއިހް ވިދާޅުވީ، އުމުރުގައި އިންސާނަކަށް ނުކުރެވޭ ވަރަށް އަޅުކަންކުރުމުގެ ފުރުސަތު ލިބެނީ ރޯދަ މަހުގައި މަށާއި، އެ މައްޝަރުގެ ހެޔޮކަން ޒުވާން ދުވަސްވަރު ލިބިގަތުމަށެވެ.

ދަރުސުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެހެން އޮފިސަރުނާއި ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ސިފައިންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.