30 Jun 2012, 14:08
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން އދ. މަހިބަދޫގައި "ވައިޓް ނައިޓެއް" ފާހަގަ ކުރުމަށް ނިންމައި، އެ ޓީމް ރޭ މަހިބަދޫ އަށް ހިނގައްޖެ އެވެ.
ނިއުގެ އިސް އޮފިޝަލަކު ބުނީ، މަހިބަދޫ އަށް ކުރާ ދަތުރުގައި އެ ރަށުގެ ޓީމަކާ އެކު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެމެޗް ކުޅޭނީ މިއަދު ހަވީރު ކަމަށެވެ. އަދި އެ ދަތުރުގައި އެއަތޮޅު ކޮންރެޑް ރިސޯޓަށް ވެސް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނަ ބުންޏެވެ.
އދ. ބަހިބަދޫ އަކީ ނިއުރޭޑިއަންޓުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް)ގެ އުފަން ރަށެވެ.
ނިއުއިން އދ. އަތޮޅަށް ކުރާ ދަތުރު ނިންމާލުމަށް ފަހު އެބުރި މާލެއައުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.