ބޭރު މަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހަށް ހުށަހަޅައިފައި ވަނީ މިރޭގެ 22:11 ހާއިރުއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑުތަކުރުފާނުމަގުން ބްރިޖާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ވިއްސައިގެން ގޮސް ވެއްޓިފައި ވާކަމަށާއި އޭނާގެ ބޮލަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ގެންގޮސްފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި މައްސަލައާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.