އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މަސް ފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލީ ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

އެހެންވެ، އެކަން ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، އެ ހިސާބު މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވައިލާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ އަންނަ އާދިއްތަ ދުވަހުގެ 11:00ގައެވެ. މިނިސްޓްރީން ބުނީ، އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އެ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އިސްލާމީ މަރުކަޒު: އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދާދޭނެ ބަޔަކު ހޯދަނީ — ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތައް މެއިލް މެދުވެރިކޮށް ފޮނުވޭނެކަށާއި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށްފޯމު މެދުވެރިކޮށްބިޑަށް ރަޖިސްޓްރީކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މިކަމާ ގުޅިގެން އަންނަ ހޯމަ ދުވަހުގެ 11:00ގައި ޕްރީ ބިޑް މީޓިން އެއް އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

މީގެއިތުރުން، މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ހޯދުމަށްއެދި އަންނަ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ކުރެވޭނެއެވެ. އަދި، 3020286 ނުވަތަ 3020261 ނަމްބަރަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.