30 Jun 2012, 12:53
އަމީތާބް ބައްޗަން އަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން މަޝްހޫރުކަމަށް އެއްވެސް ބަދަލެއް ނާންނަ ތަރިއެކެވެ. އެތައް އަހަރެއް ވީ އިރުވެސްމެއެވެ. އަމީތާބް އެކްޓްކޮށްފައިވާ ފިލްމުތަކުގެ މަންޒަރުތައް އަލުން ކުޅެ، އެ މަންޒަރުތައް މިހާރުގެ ފިލްމުތަކުގައި ހިމެނުމަކީ ފިލްމު އުފައްދާ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށް މިހާރުވަނީ ވެފައެވެ.
ދާދި ފަހުން ނުކުތް ރާމް ގޯޕާާލް ވަރްމާގެ ޑިޕާޓްމަންޓުގައި ސަންޖޭދަތު ވަނީ "ނަމަކް ހަލާލް" ފިލްމުގައި އަމީތާބް އެކްޓްކޮށްފައިވާ ލަވައެއް ކަމުގައިވާ "ތޯޅީ ސީ ޖޯ ޕީ ލޭ ހޭނ" ހުށަހަޅާދީފައެވެ. ކުރީގެ މަންޒަރުތައް އަލުން ގެނެސްދިނުމުގެ ސިލްސިލާއެއް ފެށިފައިވާއިރު، މިހާރު އެންމެ އަވަހަށް ފެންނާނެ މިފަދަ މަންޒަރަކީ އަމީތާބާ އެއްވަރު ބޮޑު ބިހެއްގެ ތެރެއިން އަމީތާބު ނުކުންނަ މަންޒަރެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިފަދަ މަންޒަރުތައް އަލުން ކުޅުމުން މީހުންގެ ޝައުގުވެރިކަން ލިބޭނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ދެކޭއިރު، އަމީތާބު އެ މަންޒަރު ކުޅުނު އިރު ހުރި އުމުރު ދައްކައިދޭނީ ކިހިނެއް ކަމެއް އެކަކު ވެސް ބުނެއެއް ނުދެއެވެ. އުމުރު ހަގުކޮށް ދެއްކުމަކީ ވެސް މިހާރު މާ ބޮޑު އުނދަގުލަކާ ނުލައި ކުރެވިދާނެ ކަމަކަށް ވާތީ އެވާހަކަ ނުދައްކަނީ ކަމަށް ވެދާނެއެވެ.
ކޮންމެ އަކަސް އިންސާނަކު ބިހެއްގެ ތެރެއިން ދުނިޔެއަށް ނޭވާލުމަކީ ހަގީގީ ހަޔާތުގައި ވާނެ ކަމެއް ނޫން ނަމަވެސް، މި ފަހަރު ބިހެއްގެ ތެރެއިން އިންސާނަކު ނުކުންނަތަން ފެންނާނެއެވެ. ދުނިޔޭގައި އާންމުކޮށް ހުންނަ އެންމެ ބޮޑެތި ބިސްތައް ކަމުގައިވާ މާދޫނި ބިހާއި، ޑައިނަސޯރ ބިހަށް ވުރެ ވެސް ބޮޑު ބިހަކުންނެވެ.