19 Aug 2010, 18:15
00:15
އަމީނީމަގުގައި މިރޭ 16 އަހަރުން ދަށުގެ ކުއްޖެއްގެ ބަނޑަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ސަންއެފްއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައި ވަނީ އަމީނީމަގުގެ ކުރީގެ އީޕީއެސް ސްކޫލް ކައިރިންނެވެ. އަދި މިއީ ގްރޫޕް މާރާމާރީއެއް ކަމަށާއި ވަޅި ހަރާލާފައި ވަނީ ވަރަށް ފުންކޮށް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. މި ހަމަލާ ދިންތާ މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މި ކުއްޖާ އަށް ހަމަލާދީފައި މި ވަނީ ތޫނު އެއްޗިއްސާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 10 ގަޑި އިރު ވެސް ނުވަނީހެވެ.
23:15
އަމީނީމަގުގައި ދެންމެ ޒުވާން ކުއްޖެއްގެ ބަނޑަށް ވަޅިހަރާލައިފި އެވެ. އުމުރުން 16 އަހަރު ނުފުރޭ މި ކުއްޖާ އަށް ހަމަލާ ދީފައި ވަނީ އީޕީއެސް ކައިރީގަ އެވެ. ފުލުހުންގެ ވެހިކަލެއްގައި އެ ކުއްޖާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
މި ކުއްޖާ އަށް ހަމަލާދީފައި މި ވަނީ ތޫނު އެއްޗިއްސާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 10 ގަޑި އިރު ވެސް ނުވަނީހެ އެވެ.