މާލޭ އުސްފަސްގަނޑު ކައިރިން އޮޔާދާ ހަށިގަނޑެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން، ފުލުހަކާއި އިތުރު މީހަކު ވެގެން، އުސްފަސްގަނޑު ކައިރީ މޫދުން މީހަކު ނަގާ މަންޒަރު ފެނެއެވެ.

އެ މީހާގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.