ފަތުރުވެރިއެއްގެ ދަބަހުގައި ހުރި އަގު ބޮޑު ސަމާނުތަކެއް ވިއްކާލި ފަހުން ހޯދައި، އެ ތަކެތި އޭގެ ވެރިފަރާތަށް ރައްދު ކޮށްދީފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މޭރީ ބްރައުންއާ ދިމާއިން ބޮޑުތަކުރުފާނު މަގު ބުރުމަތީގައި ދެ ފަތުރުވެރިއެއްގެ ދަބަސް ހަނދާން ނެތިގެން ބާއްވާފައިވަނިކޮށް ގެއްލިފައިވާ ކަމަށް އިއްޔެ 19:12 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދަބަސް ހޯދަން ގަލޮޅު ޕޮލިހުން ކުރި މަސައްކަތުން ރޭ 22:15 ހާއިރު ދަބަސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި ދަބަހުގައި ހުރި ބައެއް ތަކެތި ހޯދީ ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެ ދަބަހުގެ ތެރޭގައި ހުރި ތަކެތީގެ ތެރޭގައި ޕާސްޕޯޓާއި ލެޕްޓޮޕާއި ހާޑް ޑްރައިވްއަކާއި ޕަވާ ބޭންކެއްގެ އިތުރުން އަންނައުނާއި އެހެނިހެން ތަކެތި ހިމެނެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ގދ. ތިނަދޫ، ރަންފަރު، ޒަބީޙް މުޙައްމަދު (41އ) ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.