ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލައިފިއެވެ.

'ނިއު ޔޯކު ޓައިމްސް'އިން ބުނީ, އެމެރިކާގެ އެންމެ ބާރުގަދަ އެއް ސިޓީ ލީޑަރު އެޑަމްސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި މުއްދަތު ޖަހާފައިވާ ކަމަށާއި އޭނާގެ މައްޗަށް ކުރާނީ ކޮން ދައުވާއެއް ކަމެއް ސާފެއްނުވާ ކަމަށެވެ.

ނަމަވެސް, އެ ތަހުގީގަކީ ރިޓަޔާޑް ޕޮލިސް ކެޕްޓަނެއް ކަމަށްވާ އެޑަމްސްއާއި އޭނާގެ އެކުވެރިން ތުރުކީވިލާތާ އެކު ގަވާއިދާ ޚިލާފަށް "ހަދިޔާ"ގެ ގޮތުގައި ތަކެތި ހޯދުމަށް ރޭވިތޯ ބެލުމަށް ކުރާ ތަހުގީގެއް ކަމަށް އެ ނޫހުން ބުނެއެވެ.

އެޑަމް ވަނީ އެކަން ދޮގުކުރައްވައިފައެވެ.

“އަހަންނަށް އަބަދު ވެސް އެނގޭ ނިއު ޔޯކުގެ ރައްޔިތުންގެ ހައްގުގައި ތެދުވެއްޖެނަމަ، އަހަރެން ޓާގެޓަކަށްވާނެކަން. އަދި އަހަރެން ވެގެން އެދިޔައީ ޓާގެޓަކަށް. އަހަރެންގެ މައްޗަށް ދައުވާ އުފުލައިފި ނަމަ އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،' އެޑަމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ އެފްބީއައިއިން ވަނީ ނޮވެމްބަރު މަހު، އެޑަމްގެ އިލެކްޓްރޯނިކް ޑިވައިސްތައް ވެސް އަތުލައިފައެވެ.

މިދިޔަ 2021 ވަނަ އަހަރު ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިޚާބުވީ އެޑަމްއަކީ ކަޅު ނަސްލަށް ނިސްބަތްވާ، ނިއު ޔޯކްގެ ފުރަތަމަ މޭޔަރެވެ.