ގެއްލިގެން މިއަދު ހޯދަން އިއުލާނުކުރި, ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ސާއިފް މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ސާއިފް ގެއްލިގެން ބުނީ، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ.

ސައިފު ވަނީ ގައުމީ ޓީމުގެ އިތުރުން ގިނަ ކްލަބުތަކަކަށް ވެސް ކުޅެފައެވެ. އޭނާ ނިސްބަތްވަނީ ހއ. ހޯރަފުއްޓަށެވެ.

މީގެ ކުރިން ވެސް ގެއްލިގެން މީހުން އިއުލާނުކުރާތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފެނިފައި އެބަހުއްޓެވެ.