25 Sep 2024, 15:12
މޫލީ މެދުވެރިކޮށް އެލް މޯލްޑިވްސްއިން އައިފޯން 16 ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޫލީ މެދުވެރިކޮށްއައިފޯން 16، 16 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑާ ކުރެވޭނެއެވެ. އެ ފޯނުތަކުގެ ފެށޭ އަގުތަކަކީ:
އައިފޯން 16: 18،999 ރުފިޔާ
- އައިފޯން 16 ޕްރޯ: 24،699 ރުފިޔާ
- އައިފޯން 16 ޕްރޯ މެކްސް: 29،499 ރުފިޔާ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ގާބިލުކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ، އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯންތައް ތައާރަފުކޮށްފައި ވަނީ މިމަހުގެ ނުވައެއްގައެވެ.
އައިފޯން 16 ނެރެފައިވަނީ ދެ ސްޓޯރޭޖް ސައިޒެއްގައެވެ. އެއީ 128 ޖީބީ އާއި 256 ޖީބީގެ ސްޓޯރޭޖާއެކުގައެވެ. އެ ފޯނު ކަޅު، ފިޔާތޮށި، ޓީލް، އަލްޓްރާމެރިން އަދި ހުދު ކުލައިން ލިބެން ހުންނާނެއެވެ.
އައިފޯން 16 ޕްރޯގެ ކުލަތަކުގެ ތެރޭގައި ހިމެނެނީ ބްލެކް ޓައިޓޭނިއަމް، ޑެޒާޓް ޓައިޓޭނިއަމް، ނެޗުރަލް ޓައިޓޭނިއަމް އަދި ވައިޓް ޓައިޓޭނިއަމް އެވެ. އައިފޯން 16 ޕްރޯ މެކްސް ވެސް ލިބެން ހުންނާނީ އެ ކުލަތަކުންނެވެ.