ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީތަކަށް ޑީނުން އައްޔަންކޮށްފިއެވެ.

ފެކަލްޓީތަކަށް ޑީނުން އައްޔަންކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވަނީ ހަތަރު ބޭފުޅަކަށް މަގާމު ހަވާލުކޮށްފައެވެ. އެގޮތުން ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީނުގެ މަގާމާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑީންގެ މަގާމު އަދި ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމުގެ އިތުރުން ޑީން އޮފް ސްޓޫޑެންޓުގެ މަގާމަށް ހޮވުނު ފަރާތަަށް ވަނީ މަގާމު ހަވާލުކޮށްފައި ވެއެވެ.

ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީނަކަށް ހޮވިފައި ވަނީ ކެޕްޓަން މުޙައްމަދު ޒައިދެވެ. ސެންޓާފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑީނަކަށް ފާތިމަތު ނާސިހާ އަބްދުލް މުހައިމިން ހޮވިފައި ވާއިރު ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމަށް ހޮވިފައި ވަނީ ސަމާ އިބްރާހިމް ދީދީއެވެ. އަދި ޑީން އޮފް ސްޓޫޑެންޓްގެ މަގާމަށް ހޮވިފައި ވަނީ އާޝިޔާ ލީލާ އަހުމަދެވެ.

ހުސްވެފައިވާ މަގާމުތަކަށް ހޮވުނު ފަރާތްތަކަށް މަގާމް ހަވާލުކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަމަން ލަތީފް

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމު ފިޔަވައި ދެން ހުރި މަގާމުތަކުގެ ވެރިން ދެވަނަ ދައުރަކަށް ހޮވިފައި ވާއިރު މިއީ އެގްޒަމިނޭޝަންސްގެ ވެރިޔެއްގެ މަގާމަށް ސަމާ ހޮވިފައިވާ ފުރަތަމަ ފަހަރެވެ.

ސަމާވަނީ ފާއިތުވި އަށް އަހަރުދުވަހު ހިންގުމުގެ ތަފާތު މަގާމުތައް އަދާކުރައްވައިފައެވެ. އޭނާ ވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި އިންސްޓިޓިއުޓް ފޯ އެކެޑެމިކް ޑިވޮލޮޕްމެންޓްގެ މެނޭޖަރުކަން އަދާކުރައްވައިފައެވެ. އަދި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރުކަން ވެސް އަދާކުރައްވައިފައެވެ.

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމަށް ހޮވުނު ސަމާ އިބްރާހިމް ދީދީއަށް މަގާމު ހަވާލުރުން --- ސަން ފޮޓޯ/ އަމަން ލަތީފް

ކެޕްޓަން ޒައިދުއަކީ 1997ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާ ހަމައަށް ރާއްޖެއާއި ބޭރުގެ ކަނޑު އުޅަނދުފަހަރުގައި މަސައްކަތް ކުރައްވާފައެވެ. އަދި ޒައިދު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސް ގައި ލެކްޗަރާއެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ. މިއީ ޒައިދު މި ސެންޓަރުގެ ވެރިޔާގެ މަގާމު ފުރާ ދެވަނަ ދައުރެވެ.

ސެންޓާ ފޯ މެތިޓައިން ސްޓަޑީސްގެ ވެރިޔާގެ މަގާމަށް ހޮވުނު ކެޕްޓަން މުޙާއްމަދު ޒައިދަށް މަގާމު ހަވާކުރުން--- ސަން ފޮޓޯ/ އަމަން ލަތީފް

ފައުންޑޭޝަން ސްޓަޑީސްގެ ޑީންގެ މަގާމަށް ހޮވިފައިވާ ފާތިމަތު ނާސިހާ އަބްދުލް މުހައިމިން އެ ޔުނިވާސިޓީއާ ގުޅިފައި ވަނީ 2011 ވަނަ އަހަރުގައެވެ. މިއީ އޭނާ ސެންޓަރުގެ ވެރިޔާގެ މަގާމު އަދާކުރާ ދެވަނަ ދައުރެވެ.

ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޑީންގެ މަގާމަށް ހޮވުނު ފާތިމަތު ނާސިހާ އަބްދުލް މުހައިމިނަށް މަގާމު ހަވާލުކުރުން--- ސަން ފޮޓޯ/ އަމަން ލަތީފް

ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ހޮވިފައިވާ އާޝިޔާ ލީލާ އަހްމަދަކީ 1996ވަނަ އަހަރު ޔުިނިވާސިޓީއާ ގުޅިފައިވާ ފަރާތެކެވެ. އޭނާ ވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީޗާ އިންސްޓްރަކްޓާގެ މަގާމާއި އެސިސްޓެންޓް ލެކްޗަރާގެ މަގާމުއަދާކުރައްވައިފައެވެ. މި ދައުރަކީ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމު ލީލާ އަދާކުރައްވާ ދެވަނަ ދައުރެވެ.

ޑީން އޮގް ސްޓޫޑެންޓުގެ މަގާމަށް ހޮވުނު އާޝިޔާ ލީލާ އަހުމަދަށް މަގާމު ހަވާލުކުރުން--- ސަން ފޮޓޯ/ އަމަން ލަތީފް

އެ ޔުނިވާސިޓީން ވަނީ މަގާމްތަކަށް ހޮވުނު ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.