29 Jun 2012, 18:02
ކުރިއަށް އޮތް އޮލިމްޕިކްސްގައި ވާދަ ކުރާ ގްރޭޓް ބްރިޓަން ޓީމުން އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބާކީކޮށްފި އެވެ.
ކޯޗު ސްޓުއަޓް ޕިއާސް ނެގި 18 ކުޅުންތެރިންގެ ސްކޮޑުން 23 އަހަރުން މަތީގެ ތިން ކުޅުންތެރިންގެ ގޮތުގައި ޖާގަ ލިބުނީ ވޭލްސްގެ ރަޔަން ގިގްސް އާއި ކެރިއެގް ބެލަމީ އަދި އިނގިރޭސިވިލާތުގެ މައިކަލް ރިޗަޑެވެ.
ބެކަމް ޓީމަށް ނުނަގާނެކަން ކޯޗު އޭނާ އަށް އެންގީ ބުދަދުވަހުގެރޭގެ ވަގުތެއްގައި ކަމަށް ބެކަމް ވަނީ ބުނެފަ އެވެ.
ނަމަވެސް އޭނާ ބުނީ ޓީމުން ބާކީ ކުރި ނަމަވެސް ޓީމުގެ އެންމެ ބޮޑު ސަޕޯޓަރަކަށްވާނީ އަދިވެސް އޭނާ ކަމަށާއި ނަމަވެސް ބާކީކުރުމުން ވަރަށް ބޮޑަށް ދެރަވެއްޖެކަމަށެވެ. އަދި މީގެ ސަބަބުން އިނގިރޭސި ގައުމީ ޓީމަށް 115 މެޗު ކުޅެދީފައިވާ 37 އަހަރުގެ ކުޅުންތެރިޔާގެ އުއްމީދުތައް މުޅިން ވިއްސިވިހާލިވެއްޖެ ކަމަށެވެ.
ބެކަމް ޓީމުން ބާކީ ކުރުމުން ކޯޗު ޕިއާސްއަށް ގިނަބައެއްގެ ފާޑުކިއުން އަމާޒު ވަމުންދާއިރު އޭނާ ބެކަމް ފގާތިު ބުނީ ޓީމުން ބެކަމް ބާކީ ކުރީ ޑިފެންޑަރަކު ހިމެނުމަށް ކަމަށެވެ.