23 Sep 2024, 22:31
ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖެއަށް ޚާއްސަކޮށްގެން މިރޭ ފަށައިފިއެވެ.
އުރީދޫން މި ޕްރޮމޯޝަން އިއުލާނުކުރީ މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.
އެކަނި އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ މި ޕްރޮމޯޝަން ކުރިޔަށްދާނީ މި އަހަރުގެ ޑިސެންބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން، އުރީދޫ ކަސްޓަމަރުން 250ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ޚިދުމަތެއް ހޯދުމަށް 400 ރުފިޔާ ޚަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
އުރީދޫއިން ބުނީ މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ލިބުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް އެބަ އޮތް ކަމަށެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
އުރީދޫއިން ބުނީ މިރެއިން ފެށިގެން މި އަހަރު ނިމެންދެން ކޮންމެ 72 ގަޑިއިރެއްގެ ތެރޭގައި ގުރުއަތު ލައިގެން ނަސީބުވެރިޔަކު ހޮވާނެ ކަމަށެވެ. އެ ގޮތުން ކޮންމެ ތިން ދުވަހަކުން އުރީދޫގެ ކޮންމެ ވެސް ކަސްޓަމަރަކަށް ސައިކަލެއް ލިބޭނެއެވެ.