ޑާކާ (ޖޫން 29) : ބަންގްލަދޭޝަށް މިހާރު ކުރަމުންގެންދާ އާދަޔާ ޚިލާފު ވިއްސާރާގައި މަދުވެގެން 30 މީހުން މަރުވެ އެތަށް ލައްކަބަޔަކު ޙާލުގައިޖެހި މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނިގޮތުގައި މީގެހައެއްކަ ދުވަސްކުރިން ފެށިގެން ކުރަމުންދާ ވިއްސާރާގައި ޤައުމުގެ ދެކުނު އިރުމަތީ ފަޅީގެ ބޮޑުބައެއްވަނީ ފެނުގެ އަޑީގަ އެވެ. ތޫފާނީ މި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް ޢިމާރާތްތަކާއި ގަސްތައްވެއްޓިފައިވާއިރު ބައެއްމީހުން މަރުވެފައިވަނީ ކިސަޑުތަކުގެ ތެރެއަށް ގެނބި ވަޅުލެވިގެންނެވެ. ފެނުގެ ސަަބަބުން އެއް ސަރަޙައްދު އަނެއް ސަރަޙައްދާ ވަކިވެ އެކަހެރިވެފައިވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައިވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ކިސަނޑުތަކުގެ ތެރޭގަ އާއި ބޮޑުވެފައިވާ ފެންގަޑުތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ސިފައިންގެ ލަޝްކަރުތަކުން ކުރަމުން ގެންދާކަމަށް އެޤައުމުގެ ޑިޒާސްޓާ މެނެޖްމެންޓުން ބުނެ އެވެ.

މިދުވަސްވަރަކީ ބަންގްލަދޭޝަށް އާންމުގޮތެއްގައި މޫސުމީ ވިއްސާރުކުރާ ދުވަސްވަރެއް ނަމަވެސް މިފަހަކަށް އައިސް މިދުވަސްވަރު މިހާބޮޑު ވިއްސާރައެއްކޮށްފައިނުވާ ކަމަށް އެޤަމުގެ މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. މިފަހަރުގެ ވިއްސާރައިގާ އެންމެ ގިނަބަޔަކު މަރުވެ އެެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފަސްވަރަކަށް މިލިޔަންމީހުން ދިރިއުޅޭ ޗިޓަގޮންގް އަށެވެ. (އަލްޖަޒީރާ)