ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން ދެ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ 36 އަހަރުގެ ށ. ފޯކައިދޫ، ދަންމަރު އަޙްމަދު ޒާހިދުއާއި 40 އަހަރުގެ ސ. ފޭދޫ، އެވަރެސްޓު ޙުސައިން ޞާލިޙެވެ.

ފުލުހުން ބުނީ، އެ ދެމީހުން ހޯދަން އިއުލާނުކުރީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

މި މައްސަލައިގައި ދެ މީހުން ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 30ވަނަ ދުވަހުގެ ހެނދުނު 10:00 ނުވަތަ ވީއެންމެ އަވަހަކަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އެ ދެ މީހުން ފުލުހުން ވަނީ އަންގާފައެވެ.

ފާހަގަކޮށްލްވޭ ގޮތުގައި، ފުލުހުން ބަލާ މައްސަލަތަކުގައި ތަހުގީގަށް ހާޒިރުވާން ޗިޓު ރައްދު ނުކުރެވިގެން އެ މީހުން ހޯދަން ދޭތެރެއަކުން އިއުލާނުކުރެއެވެ.