ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއް ސ. ހުޅުމީދޫ ވަލުތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ބަނގުރާ ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށު ވަލުތެރެއިން އެ އެއްޗެހި ފެނުނީ މިދިޔަ އަންގާރަ ދުވަހު ހަވީރު ކަމަށެވެ. އޭރު ހުރީ ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެރަށު ވަލުތެރެއިން ފެނުނު ތަކެތީގެ ތެރޭ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކުޑަ އުނދުނަކާއި ތެއްޔެއްގެ އިތުރުން ރީނދޫ ބޮޑުހަމެއް ވެސް ހުއްޓެވެ. އަދި ބަނގުރާ ހެދުމަށް ތައްޔާރުކުރާ އެއްޗެއް އަޅާފައި ހުރި ފުޅިއެއް ވެސް ފެނިފައިވެ އެވެ.

ނަމަވެސް އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.