ނެޝެނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އެންސީއޭ ޓެލެޑްރާމާ މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން މުބާރާތުގެ އެއްވަނަ ހާސިލްކޮށްފިއެވެ.

ލިބުނު ކާމިޔާބީއާ ގުޅުވާ އެ ޔުނިވާސިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެންސީގެ ޑްރާމާ މުބާރާތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ޔުނިވާސިޓީއިން ހުށަހެޅި "މަނާލް" ޑްރާމާއަށް މުބާރާތުގެ އެންމެ މޮޅު ޑްރާމާގެ އެވޯޑް ލިބިފައިވާ ކަމަށާއި މިއީ އެ ޔުނިވާސިޓީއިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި މި މުބާރާތުގެ ގިނަ އެވޯޑްތަކެއް އެ ޔުނިވާސިޓީއިން ހާސިލްކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ ޢާއިދާ ހައްމާދު ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަދި އެންމެ މޮޅު އަލަށް ފާހަގަކުރެވުނު ތަރިއާގެ އިނާމު (ނިއުކަމާ) ހާސިލްކޮށްފައެވެ.

ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ ޢާއިދާ ހަމްމާދު އެވޯޑާއި ހަވާލުވަނީ: އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަދި އެންމެ މޮޅު އަލަށް ފާހަގަކުރެވުނު ތަރިއާގެ އިނާމު (ނިއުކަމާ) ހާސިލްކޮށްފަ--- ފޮޓޯ/ ފޭސްބުކް: މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ ސްޕޯޓްސް ކްލަބް

މީގެ އިތުރުން ފާހަގަ ކޮށްލެވޭ އެވޯޑްތަކުގެ ތެރޭގައި:

  • ބެސްޓް ޑައިރެކްޓާ

  • ބެސްޓް އެކްޓްރެސް
  • ބެސްޓް އެޑިޓާ
  • ބެސްޓް ސްކްރީން
  • ބެސްޓް ސިނެމަޓޮގުރަފީ
  • ބެސްޓް ވިއުވާސް ޗޮއިސް

އެ ޔުނިވާސިޓީއިން ވަނީ އެންސީއޭ މުބާރާތުގައި އެ ޔުނިވާސިޓީއިން ހޯދި ކާމިޔާބީއަކީ ޢިލްމީ ދާއިރާގެ ތަރައްޤީއާއެކު ފަންނުވެރިކަމުގެ ހުނަރު ކުރިއެރުވުމަށް އެ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ބުނެފައެވެ.

އަދި އެ ޔުނިވާސިޓީގެ މުވައްޒަފުން ތައްޔާރުކުރި "މަނާލު" ޑްރާމާއަށް އެންމެންގެ ފަރާތުން ވެސް ބޮޑު ތަޢުރީފެއް ލިބި އެންމެ މޮޅު ޑްރާމާއަކަށް އެ ޔުނިވާސިޓީގެ ޑްރާމާ ހޮވުމަކީ ޔުނިވާސިޓީއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.