16:15


މާބަނޑު މީހަކު ގޮވައިގެން ބ. ކަމަދޫން އެ އަތޮޅު އޭދަފުއްޓަށް ދަތުރުކުރި ސްވެނިއާ މެރިންގެ ލޯންޗެއް އެ އަތޮޅު އައިދޫ ފަރަށް އަރާފައި ވަނިކޮށް އޭދަފުށި ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ސްވެނިއާގެ އެހެން ލޯންޗެއްގެ އެހީ އާއެކު އޭގައި ތިބި މީހުން ސަލާމަތްކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ހަ މީހުންނާ އެކު ދަތުރު ކުރި އެ ލޯންޗް ފަރަށް އަރާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.


ލޯންޗްގައި ތިބިމީހުންގެ ތެރެއިން މާބަނޑު މީހާ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.


ފަރަށްއެރި ލޯންޗް ފުންކުރުމުގެ މަސައްކަތް މިއަދު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.