17 Sep 2024, 11:59
މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް, ބާއްވަން އެންމެ ތިން ދުވަހަށް ވެއްޖެއެވެެ.
ޓޫރިޒަމް ދާއިރާގެ މި ފަޚުރުވެރި ހަފްލާއަކީ ދެކުނު އޭޝިއާގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވޭ ހަފްލާއެކެވެ.
މި ޙަފްލާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ބުރަ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހަފްލާއެކެވެ.
މި އަހަރުގެ މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ދަ މަލްލާ ހޮޓެލް އަދި އެލޮފްޓް ކަތުމަންޑޫ ތަމެލްގައެވެ.
މި އަހަރު ކަތަމަންޑޫގައި ބޭއްވޭ މި ހަފްލާއަށް ނޭޕާލް ޓޫރިޒަމް ބޯޑު (އެންޓީބީ) އަދި ހޮޓެލް އެސޯސިއޭޝަން އޮފް ނޭޕާލް (ޚާން)އިން ވަނީ ފަތުރުވެރިކަމުގެ ޕާޓްނަރުންގެ ގޮތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

2023 ވަނަ އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް ޙަފްލާގެ ތެރެއިން---
މި ފަހަރުގެ ޙަފްލާގައި މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޔޫއޭއީގެ ގަލްފްކްރާފްޓެވެ. އަދި ދަ ހޯކްސް، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް)އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރިސޯޓް ލައިފް ޓްރެވެލް އަދި ބިޒްސްޕޯކް ވަނީ ސިލްވާ ޕާޓްނަރުންގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑް އިންޝުއަރެންސެވެ.

2023 ވަނަ އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް ޙަފްލާގެ ތެރެއިން---
މިއަހަރުގެ އެޑިޝަންގައި 400 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާއިރު ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) އިން އަންނަނީ އޭގެ އަށްވަނަ އަހަރީ ދުވަސް ފާހަގަކުރަމުންނެވެ.
އދި މި ހަފްލާއަށް އިންތިޒާރުކުރަމުންދާއިރު މި ސިނާއަތުގެ އިސްވެރިންނާއި ބައިވެރިން އަންނަނީ އަބަދުވެސް ކުރިއަރަމުންދާ މި ދާއިރާގައި އެމީހުންގެ ހިއްސާއާއި މުޅިން އާގޮތްތައް ދެއްކުމަށް ޝައުގުވެރިކަމާއެކު ތައްޔާރުވަމުންނެވެ.