ސ.އަތޮޅު މަދަރުސާގެ ލެބޯޓަރީ ފަޅާލައި ގިނައަދަދެއްގެ ކެމިކަލްސް އާއި އެހެނިހެންވެސް ސާމާނުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް އެ ސޫކޫލުން ބުނެފި އެވެ.

ހުޅު މީދޫގައި އެ ސްކޫލްގެ އޮފިޝަލަކު ސަން އޮންލައިނަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވި ސްކޫލްގެ ލެބޯޓަރީ ފަޅާލާފައިވަނި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާއި ލެބޯޓަރީ ފަޅާލުމަށް ފަހު ގިނައަދެއްގެ ކެމިކަލްސްތަކާއި ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށެވެ.

"ސީދާ ގެންދިޔަ ސާމާނުގެ އަގު އަދި ދަންނަވާނަ ދަތި، އެ ގެންދިޔަ ތަކެތީގެ އަގަށް ފުދޭވަރެއްގެ ބޮޑުއަދަދެއް އާރަނެ ކަމަށް ލަފާ ކުރެވޭ. ފުލުހުން ތަހުގީގުކުރަމުން ދާތީ އަދި އިތުރު ތަފްސީލު ދެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަގުން ވަނުމަށް ފަހު ލެބޯޓްރީން ގެންގޮސްފައިވާ ކެމިކަލްސް ތަކުގެ ތަފްސީލާއި އަގު ބެލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި ލެބޯޓްރީއަށް ދީފައި ހުރި ގެއްލުންތައް މަރާމާރުކޮށްފަިއ ވާއިރު އެކަމަށް 2000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ސ. އަތޮޅު މަދަރުސާގެ ލެބޯޓަރީ ފަޅާލި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެމައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.

"ޑިއުޓީ ގައި ވޮޗަރެއް އިންދައި އެކަމެއް ހިނގާފައިވަނީ. އެހެންވީމައި އިތުރަށް ބަލަމުން ދަނީ" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.