28 Jun 2012, 12:22
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ސްޕޭން ފައިނަލަށް ދިޔަ މެޗުގައި ފަހު ޕެނަލްޓީ ޖަހަން ސެސް ފަބްރިގާސް އެދުނު ކަމަށް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.
"ފުރަތަމަ ފަސް ޕެނަލްޓީ ޖަހާ ކޮންމެ ކުޅުންތެރިއަކަށް ވެސް އެފުރުސަތު ދިނިން. އެކަމަކު ފަބްރިގާސް އަހަރެން ގާތު ބުނީ ފަހު ޕެނަލްޓީ ޖަހާނީ އޭނާ ކަމަށް. ހުރިހާ ކުޅުންތެރިން އެކަމަށް އެއްބަސްވި،" ޑެލްބޮސްކޭ ބުންޏެވެ.
އޭނާއަދި ބުނީ ސާޖިއޯ ރާމޯސް ޕެނަލްޓީ ޖެހީ އިނގިރޭސިން ކޮޅަށް ކުއާޓާ ފައިނަލުގައި އިޓަލީގެ އަންދްރޭ ޕީރްލޯ ޖެހި ޕެނަލްޓި މިސާލަކަށް ބަލާފައި ކަމަށެވެ.
"ސާޖިއޯ ރާމޯސް އަށް އެނގޭ ޕެޓްރީސިއޯ (ޕޯޗުގަލް ކީޕަރު) ކޮންމެ ޕެނަލްޓީ އެއްގައި ވެސް ކޮންމެވެސް އެއް ފަރާތަކަށް ހަރަކާތްކުރާކަން. އެހެންވެ ކުރީ މެޗުގައި ޕީރްލޯ ހެދިގޮތަކަށް އޭނާ ކަންތައްކުރީ،" ސްޕޭނަށް ވޯލްޑް ކަޕް ހޯދައިދިން ކޯޗު ބުންޏެވެ.