ށ. ގޮއިދޫ ފަރަށް ރޭ އެރި ދޯންޏެއް އެރަށު ރައްޔިތުން ނުކުމެ ފުންކޮށްފި އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ރަޝީދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރު އެރަށުގެ ފަރަށްއެރީ ހދ. މަކުނުދޫ ކާމިޔާބް ނަމަކަށްކިޔާ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށާއި އެދޯނި ފުންކުރެވުނީ އެރަށު ރައްޔިތުންގެ މަސައްކަތުން ރޭ 3:30 އެހާކަންހާއިރު ކަމަށެވެ.

"މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއްނުވޭ.. އަދި ދޯންޏަކަށްސް މާބޮޑު ގެއްލުން ތަކެއް ނުވޭ، ނަމަވެސް ދޯނީގެ ދަށްފަރާތުގެ ފަށަންވަނީ ހަލާކުވެފަ" ރަޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އެދޯނި އޮތީ އެރަށުގައި ކަމަށާއި ދޯނީގެ ހަލާކުވި ތަންތަށް މަރާމާތު ކުރަމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.