މެދުރާއްޖެތެރޭ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެެވެ.

މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މ، ފ، ދ، ތ، ލ ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުން އަންނަކަމަށެވެ.

މި މައްސަލަ ބަލަމުން އަންނަނީ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ވެސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރަށާއި، ވަނަވަރު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންވެ އިތުރު މައުލޫމާތު ފުލުހުން ވެސް އާންމެއް ނުކުރެއެވެ.