ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހު ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މީހާގެ ހަށިގަނޑު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ އެދުވަހު ހެނދުނު 8:38 ހާއިރެވެ.

އެއީ 36 އަހަރުގެ، އެ ސިޓީއަށް ނިސްބަތްވާ ފިރިހެނެކެވެ.

ހަމަ އެދުވަހު އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާ އޭނާ ވަނީ މާލެ ގެނެސްފައެވެ.

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު މީގެކުރިން "ސަން"އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީގެ ޑެއިޒީފެހި، މުޙައްމަދު ހަސަން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، ހޮސްޕިޓަލާ ހަވާލާދީ އަލީ ވިދާޅުވިއެވެ.