27 Jun 2012, 20:20
ނައިފަރު ގޮނޑުދޮށުގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރު އެ ރަށު ހުޅަނގުދެކުނު ފަރާތު ގޮނޑުދަށުގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ކުޅުދޫގޭ، އަބްދުއްރަހުމާން މުހައްމަދު، 82އ. ކަމަށެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މީހާ މަރުވެފައި އޮއްވައި ފުރަތަމަ ފެނުނީ އެރަށު މީހަކަށް ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޝައްކުކުރެވޭފަދަ ކަމެއް އެ މީހާގެ ހަށިގަނޑުން އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަބްދުއްރަހުމާންގެ ހަށިގަނޑު މިހާރު ވަނީ އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.