11 Sep 2024, 08:41
މީގެ އަށް އަހަރު ކުރިން ރިލީޒްކޮށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައިން އެކްޓަރު ހަރްޝް ވަރުދަން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.
މި ފިލްމު އުފައްދާނެކަން އިއްޔެގެ ވަގުތެއްގައި އިއުލާންކޮށްފައި ވާއިރު ހަރްޝް ފިލްމުގައި ފެންނާނީ ލީޑް ރޯލްއިން ކަމަށް ވެސް ފިލްމު ގެނެސްދޭ ކުންފުނީގެ އޮފިޝަލް ސްޕޯކްސްޕާސަން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. ފިލްމު ބިނާކުރާ ވާހަކަ އާއި ޕްލޮޓް ފައިނަލްވެފައި ވާއިރު ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކޮން ޑައިރެކްޓަރެއްކަމާއި ލީޑް ރޯލްއިން ފެންނާނީ ކޮން ބަތަލާއެއްކަން ކަށަވަރެއް ނުވެއެވެ.

ފިލްމީ ތަރި ހަރްޝް ވަރްދަން--ފޮޓޯ/ ބޮލީވުޑްހަންގާމާ
ފިލްމު ގެނެސްދޭ ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓްއިން ބުނެފައިވާ ގޮތުގައި މިއީ ބެލުންތެރިންގެ ހިތުގައި ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ފިލްމެއް ކަމުން ފިލްމަށް ގެންނާނެ ޑައިރެކްޓަރަކު ނިންމާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. މި ސީކުއަލްއިން ފުރުސަތު ލިބުމާ ގުޅިގެން ހަރްޝް ބުނެފައި ވަނީ ދުވަސްވީ ރަހްމަތްތެރިއަކާ އަލުން ބައްދަލުވުމުން ކުރެވޭ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށެވެ.
މި ފިލްމަކީ އޯޑިއަންސާ ވަރަށް ބޮޑަށް ހަރްޝް ގުޅުވާލަދިން ފިލްމެއް ކަމުން އަބަދުވެސް ވަރަށް ޚާއްސަ މަގާމެއް ފިލްމަށް ދެވިފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމާފައި ވާއިރު 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމު އަންނަ އޮކްޓޯބަރު މަހު އަލުން ސިނަމާތަކުގައި ދައްކަން ވަނީ ނިންމާފައެވެ. މި ފިލްމުގައި ހަރްޝްއާ އެކު ލީޑް ރޯލް ކުޅެފައި ވަނީ ޕާކިސްތާނު ބަތަލާ މާވްރަ ހޮސޭންއެވެ.