10 Sep 2024, 15:43
އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވާކްސް ޑިޕާޓްމެންޓުން މިއަފު ފަށާފައި ވާކަމަށެވެ.

އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ހ.ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ/ ސިޓީތަކާ ބެހޭ ވުޒާރާ
އެ މަސައްކަތް ނިންމޭނެ ވަކި ތާރީހެއް މިނިސްޓްރީއަކުން ނުބުނެއެވެ.
ހެންވޭރު ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ މެންދުރު 14:47 ހާއިރުގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު އެ ގެ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.
މި ހާދިސާއާ ގުޅިގެން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށް އެންޑީއެމްއޭއިން އޭރު ވަނީ ބުނެފައެވެ.

އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ހ.ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ/ ސިޓީތަކާ ބެހޭ ވުޒާރާ
އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ދޫހިމިރި ގޭގެ އަލިފާންގަނޑު ކޮންޓްރޯލްކުރަން ގިނަ ވަގުތު ނެގިއިރު، އެ ގެއާ ޖެހިގެން ހުރި އިމާރާތަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.