މަސްތުވާތަކެތީގެ މައްސަލައެއްފައި ތުހުމަތު ކުރެވިގެން ގއ. ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު ހައްޔަރު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު މިއަދު ހެނދުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ހެނދުނު ފުލުހުން ވަނީ ދާންދޫ ކައުންސިލް މެންބަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" އެނާ ވިދާޅުވި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގއ. ވިލިގިނލީގައި ހިންގަމުންދާ ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަތުމަށް އެރަށުގައި ހުންނަވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެނާއާ ބެހޭ އިތުރު ތަފްސީލް ފުލުހުން ބުނެފަ އެއް ނުވެ އެވެ. ދާންދޫ ކައުންސިލްގެ ރައީސް އިމްރާނަކީ އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވި ވަޑައިގެންނެވި ބޭފުޅެކެވެ.