09 Sep 2024, 10:21
ހޯމްލޭންޑް ސެކިއުރިޓީ، އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުގައި ހުންނެވި ހިންނާ ޚާލިދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ހިންނާ އެ މަގާމަށް އައްޔަންކުރީ ޖޫން 6، ގައެވެ.
ހިންނާ ހޯމްލޭންޑް މިނިސްޓްރީގެ ޕީއެސްކަމުން އިސްތިއުފާދެއްވިކަން އެ މިނިސްޓްރީން 'ސަން'އަށް ކަށަވަރުކޮށްދިން ނަމަވެސް އެ އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
މި ކަމާ ގުޅިގެން މިހާތަނަށް ހިންނާގެ ބަހެއް ލިބިފައެއް ނުވެއެވެ.
އޭނާ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަންކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން، ހިންނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.
ހިންނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ހިންނާ ފާހަގަކުރެވިފައިވަނީ މީގެ ކުރިން ތަފާތު ރިސާޗު ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން، އޭނާ ވަނީ ޑިޕްލޮމާ އިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.