14:01


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޢައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސް ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް ފޮނުއްވީ، މާފަންނު ހުކުރަދިގޭ މަރްޔަމް ޢަޛްރާ އަޙްމަދުގެ ނަންފުޅެވެ. ނައިބު ރައީސް ކަމަށް ފޮނުއްވީ، ޅ.ހިންނަވަރު ދޭލިޔާއާގޭ ޖީހާން މަޙްމޫދުގެ ނަންފުޅެވެ.