26 Jun 2012, 18:12
މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީ އާއި ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއާ ގުޅިގެން ހާއްސަ ޖަލްސާއެއް ރޭ ބާއްވައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އިސްނެގުމާ އެކު މި އަހަރުގެ ޖަލްސާ ރޭ ބާއްވާފައި ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއާގެ ހޯލުގަ އެވެ.
ރޭގެ ޖަލްސާގައި "އިސްލާމްދީނުގައި ޝަހީދުންނަކީ ކޮން ބައެއް ކަން" މިމަޢުލޫގެ މައްޗަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަ ދައްކަވާފައިވާ އިރު، "ޝަހީދުންގެ ޒިކުރާ" މިމައުޟޫގެ މައްޗަށް ވާހަކަ ދެއްކެވީ ދިވެހި ބަހުގެ އެކެޑަމީގެ ޚާއްސަ މުސީރު ނަސީމާ މުހައްމަދެވެ.
އަދި މީގެ އިތުރުން ރޭގެ ޖަލްސާގައި ދުވަހާ ގުޅޭ ގޮތުން އެކިއެކި ބޭބޭފުޅުން ވަނީ ވާހަކަ ދައްކާފަ އެވެ. އެގޮތުން "ޝަހީދުންގެ އީދު" އާއި "ގައުމު ހިމާއަތް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ޤައުމީ އަބްޠާލުންނާއި މެދު އަލުގަނޑުމެން ފަހުރުވެރިވުމާއި އަދި ޤައުމީ އަބްތާލުންގެ ޒިކުރާ އާލާކުރަން" މިމައުޟޫގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.
ރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ އިސްކޫލް ދަރިވަރުންނާއި ކޮލެޖް ފެކަލްޓީތަކުގެ ދަރިވަރުންނާއި އަދަބީ އެކި އެކި އިއްޒަތްތެރިން ބައިވެރިވި އެވެ.