ޑްރަގްކޯޓުން ވައްކަން ކުރި މީހެއް ވަނަވަރު އާންމުކޮށް، ބަންދަށް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ކޯޓުން ވައްކަން ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ރިޕޯޓު ކުރިކަމަށެވެ. އަދި އެ މައްސަލައިގައި އުމުރުން 32 އަހަރުގެ ސ. ހިތަދޫ ދެކުލައަރާގެ މުހައްމަދު އަސްލަމް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރިކަމަށް ފުލުހުން ބުންޏެވެ.

ޑްރަގް ކޯޓުން ވައްކަން ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުން، މިސްކިތްތަކުން ވައްކަން ކުރުމާއި، ފިހާރަތަކުން ވައްކަން ކުރާ މައްސަލަތައް ވެސް ފެންމަތިވެއެވެ.

މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފުލުހުން މިހާރު ވަނީ ފަށާފައެވެ.